ރާއްޖެއިން އިތުރު 73 މީހުން ކޮވިޑަށް ފައްސިވެއްޖެ

ރާއްޖެއިން މިއަދު އިތުރު 73 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 14 މީހުންނެވެ.
އަތޮޅުތަކުން ފައްސިވީ 46 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 9 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ކަނޑުއުޅަނދުފަހަރުން 3 މީހުންނާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން އެކަކު މިއަދު ފައްސި ވެފައިވާ ކަމަށް ވެސް ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،405 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 72،678 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ނިޔާވެފައި ވެއެވެ.