ޚަބަރު

އޮޅުން އަރާތީ ރައީސް ނަޝީދުގެ ކޯލިޝަން ޚިޔާލު ސާފުކޮށްދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމްއާ އެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވައިފައިވާ ޚިޔާލުފުޅާއި ގުޅިގެން އެމްޑީޕީ މެންބަރުންނާއި ޕީޕީއެމް މެންބަރުންނަށް ވެސް އޮޅުންތައް އަރާތީ ރައީސް މުހައްމަދު ނަޝީދު އެކަން ސާފުކޮށްދެއްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އަދި އެފަދަ ކަންކަން އިސްލާހު ކުރެވޭނެކަން ފާހަގަކޮށް ވިދާޅުވީ އެ ބަދަލުތަކަކީ "އިންޑިއާ އައުޓް" ގެ ފަލްސަފާއާއި ދުރު، އަދި ނަފްރަތުގެ އަމަލުތައް ހިންގުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށް ވުން ކަމަށެވެ.

އަދި މި ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއާއި އަދި އެ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި ރައީސް ޔާމީނާއި ޕީޕީއެމްއާ އެކީ މަސައްކަތް ކުރައްވަން ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވުމާ އެކީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އެކަމަށް އަމާޒު ވެފައެވެ. އެ ގޮތުން ޕީޕީއެމްއިން ވަނީ އެ ކަމަކީ ވާން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޕީޕީއެމްއިން ބުނެފައި ވަނީ ރައީސް ނަޝީދާއި ރައީސް ޔާމީންގެ ފިކުރަކީ މުޅީން ތަފާތު ދެ ފިކުރު ކަމަށާއި އެއީ "އަލިފާނާއި ފެން" ކަމަށް ވާތީ އެ ދެ ބައި އެއް ނުވާނެ ކަމަށެވެ.

  1. މޮޕު

    ދުވަހަކުވެސް ނުވާނެ.ކޮންމެމީހަކުވެސް ބޭނުވަނީ ވެރިކަން

  2. ބަކުރުބޭ

    އަންނި މިހާރުމޮޔަގޮވަނީ

  3. ދުރުމި

    ދޮންމީހުންގ އެޖެންްޓ