6 އަހަރުގެ ހާފިޒަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ހިތްވަރުދެެއްވައިފި

ކީރިތި ޤުރްއާން ހިތުދަސްކުރި، އުމުރުން އެންމެ ހަ އަހަރުގެ އަމަން އަހްމަދު އާތިފްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ދެ ކަނބަލުން ފަޒުނާ އަހްމަދު ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން ވަނީ އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ޤުރްއާންގެ އެކީއެކަށް ހިތުދަސް ކޮށްފައެވެ. އެ ކަމަށް ޓަކައި ރައީސް ޞާލިޙްގެ ދެ ކަނބަލުން ވަނީ އަމަންއަށް ތައުރީފު ކުރައްވައިފައެވެ.އަދި އަމަންގެ މައިންބަފައިން އެކަމަށް ޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި އަމަންގެ މަންމަ ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާތިފަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
<img class="alignnone wp-image-104009 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/FB_IMG_1626368047687-1024x730.jpg" alt="" width="1024" height="730" />
ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން އަމަންއަށް އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން މި ބައްދަލުކުރެއްވުމުގައި އަމަންއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ރައީސް ޞާލިޙްގެ ދެކަނބަލުންގެ ފަރާތުން ވެސް އިނާމެއް ދެއްވިއެވެ.
އަމަން ކީރިތި ޤުރްއާނަށް ހިތްޖެހުނު ގޮތް "ދެން" އަށް ކިޔައިދެމުން އޭނާގެ މަންމަ ބުނީ އަމަން އެންމެ ތުއްތު އިރުން ފެށިގެން ވެސް ކީރިތި ޤުރްއާން އަޑު އިއްވި ކަމަށާއި އެގޮތުން އޭނާ ޤުރްއާނަށް ހިތްޖެހުނު ކަމަށެވެ.
https://dhen.mv/103892





.webp)
ކޮމެންޓް