Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު މިއަދު 200އަށް ވުރެ މަތި

ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު މިއަދު 200އަށް ވުރެ މަތި

ރާއްޖެއިން މިއަދު އިތުރު 217 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން ފައްސިވީ 31 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 88 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި ވެފައިވަނީ 6 މީހުންނެވެ. އަދި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން 92 މީހަކު މިއަދު މި ބައްޔަށް ފައްސިވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،622 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 72،833 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 215 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް