Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އީދު ދުވަހު ބައެއް ގަޑިތަކުގައި ހިނގައިފައި އުޅޭގޮތަށް ހަމަަޖައްސައިފި

އީދު ދުވަހު ބައެއް ގަޑިތަކުގައި ހިނގައިފައި އުޅޭގޮތަށް ހަމަަޖައްސައިފި

އަންނަ ބޮޑު އީދުދުވަހުގެ ހަވީރަކީ މާލޭގައި ހިނގައިފައި އުޅޭ ވަގުތެއްކަމަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އެންގުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ތަންފީޒު ކުރާނެކަމަށެވެ.

މި ނިންމުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދާފައިވާކަން ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ގިނަދުވަސްތަކެއް ލޮކްޑައުންގައި ތިބުމަށް ފަހު ލުއި ލިބުމުން ގިނަ ރައްޔިތުން އާއިލާތަކާ އެކު ނުކުމެ ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާކަމަށް ގިނަ މީހުން ފާހަގަކުރި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ކައުންސިލްގެ ނިންމުން މިހާރު ފުލުހުންނާއި މަޝްވަރާކޮށްފައިވާ ކަމަށާއި ކޮވިޑާ ގުޅިގެން އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވެސް މުޢިއްޒު ވަނީ އިލްތިމާސްކުރައްވައިފައެވެ. އެ ގޮތުން ގައިދުރުކަން ބަހައްޓާ، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރެއްވިއެވެ.

އެ ގަޑީގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ އުޅަނދުފަހަރާއި އެމަޖެންސީގައި ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް