ޚަބަރު

ކުރިޔަށް އޮތް ހަތަރު ދުވަހު މާލޭ ސަރަހައްދުގެ ކަރަންޓްގެ ޚިދުމަތަށް ބުރޫ އަރާނެ: ސްޓެލްކޯ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ގްރިޑް އެނާޖައިޒްގެ މަސައްކަތް ކުރިއަށްދާއިރު ކުރިޔަށް އޮތް ހަތަރު ދުވަހު މާލޭ ސަރަހައްދުގެ ކަރަންޓްގެ ޚިދުމަތަށް ބުރޫ އަރައި ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Hajj Corporation

މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ގްރިޑް އެނާޖައިޒް މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި އެހެން ނަމަވެސް މިމަހުގެ 20 ވަނަ ދުވަހަކީ އަޟްހާ އީދު ދުވަސް ކަމުން އެދުވަހު މަސައްކަތް ކުރިއަށް ނުގެންދާނެކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

މި މަސައްކަތް ހެނދުނު 8:00 އިން ހަވީރު 5:00އަށް ކުރިއަށް ގެންދާނެކަމާއި އެ ވަގުތުތަކުގައި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނުގައި މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅައިލާނެއެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބޭނެކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

އަންނަ ބުދަ ދުވަހު ހެނދުނު 8:00 އިން 5:00 ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ތާވަލު ކޮށްފައިވާއިރު ވެރިރަށް މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.

Ads by Ooredoo
  1. ރަށުމީހާ

    ތިއީ އާކަމެއްް ނޫން ކަރަންޓް ކެޑުމަކީ