ޚަބަރު

"ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލިއްޖެ، ހައްލަކީ އަވަސް އިންތިޚާބެއް"

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލިއްޖެ ކަމަށާއި ހައްލަކީ އަވަސް އިންތިޚާބެއްކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަލީހު ދެންމެ ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ވިދާޅުވެ ޕީޕީއެމްއާ އެކުގައި މަސައްކަތް ކުރަން ތައްޔާރުކަމަށް އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހު ވިދާޅުވީ މި ސަރުކާރާ ރައީސް ނަޝީދު ދެކޮޅުކަން އިއުލާންކޮށްފައިވާ ކަމަށާއި ނަޝީދާ އެމްޑީޕީ ސަރުކާރާ ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމުގެ އަސާސް މިހާރު ގެއްލިފައިވާ ކަމަށާއި އެކަމުގެ ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުން ކަމަށެވެ.

މީގެ އިތުރުން މަލީހް ވިދާޅުވީ ކުޅުދުއްފުށިން އިއްޔެ އިވުނީ އެ އަޑު ކަމަށެވެ. މިފަދައިން މަލީހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށް އިއްޔެ ދަތުރު ކުރެއްވުމުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ އެ ރަށުގެ ބައެއް އާންމުން އިހުތިޖާޖުކޮށް އަޑުއުފުލުމާ ގުޅިގެންނެވެ.

 

Ads by PNC
  1. ޢޭނާ ކަބަ

    މަލީހު ލާރިކޮޅު ހުސްވަނީތޯ އަވަސް އިންތިހާބަކަށް ތި ގޮވަނީ… އަނެއްފަހަރު ފެއިލް ވާންތޯ .. ފެއިލް ވިޔަސް އޯކޭ ދެއްތޯ ޖީބު ބޮޑު ވަންޔާ… ސާބަސް ހަމަ ލަދެއް ހަޔާތެއްވެސް ހަމަ ނެތީތޯ