Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެތްތެރިކަން ކޮޅުންލައި މޫސަގެ އިހްސާސްތައް ނަޝީދަށް!

ކެތްތެރިކަން ކޮޅުންލައި މޫސަގެ އިހްސާސްތައް ނަޝީދަށް!

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކާވާ އެކި ވާހަކަތަކާ މެދު ކެތްނުވެގެން އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން މޫސާ މަނިކު (ރީކޯ މޫސަ)ގެ އިހްސާސްތަކާއި އުދާސްތައް ސިޓީއަކުން ދަންނަވައިފިއެވެ.

އަތު ލިޔުއްވުމުން ރީކޯ މޫސަ ލިޔުއްވި ސިޓީއެއް ހިއްސާ ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ މިހިސާބަށް ގެނުވީ <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">އެތައް ބައެއްގެ ބުރަ މަސައްކަތާއި ދާއޮހޮރުވައި އެތައް ވަގުތެއް އެތައް އަނިޔާއެއް ލިބިގެން ކަމަށެވެ. އަދި އެމްޑީޕީ އެހިސާބަށް ގެނައުމުން އިޚްލާސްތެރި އެންމެން ޤުރުބާންކުރި ގޮތަށް އަމިއްލަ ޖާހަށް ޓަކައި ޕާޓީ ޤުރުބާންކުރަން ނުކުތީމަ ނަޝީދަށް މިސިޓީ ލިޔުނީ ކަމަށެވެ. </span>

https://twitter.com/ReekoMoosa/status/1416324721637871623

Advertisement
HDC — Sidebar (box)

މިސިޓީގައި މޫސާ ވިދާޅުވީ އެމްޑީޕީ އެ މަގްސަދަކަށް ޓަކައި އުފެދުނު އެންމެ ބޮޑު އެއް ސަބަބަކީ ރައްޔަތުންގެ އަޑު އަހައި ރައްޔަތުންނާ ގާތުން ރައްޔަތުން އެދޭ ގޮތަށް މި ގައުމުގައި ކަންކަން ކުރުން ކަމަށެވެ. އަދި މިއަދު އެޕާޓީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް އެމްޑީޕީގެ ވެރިކަން ބަޣާވާތްކޮށް ވައްޓައިލުމުގެ މޭސްތިރިއަކަށް ވެވަޑައިގެން ރައީސް ނަޝީދު މަސައްކަތް ކުރުމަކީ ހެޔޮވާވަރު ކަމެއް ނޫންކަމަށް ވެސް އެސިޓީގައި ވަނީ ބުނެފައެވެ.

"މިއަދު ތި ޕާޓީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް އެމްޑީޕީގެ ވެރިކަން ބަޣާވާތްކޮށް ވައްޓައިލުމުގެ މޭސްތިރިއަކަށް ވެވަޑައިގެން މަނިކުފާނު މަސައްކަތް ކުރުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ. މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީ ވެސް ކުރިން ވެރިކަން ކުރި ބައެއްގެ ކަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަ ފަދަ އަނިޔާވެރި މަޅީގައި މަނިކުފާނާއި އެމްޑީޕީގެ އެންމެން ޖެހިގެންނެވެ. މިއަދު އެފަދަ ރޭވުމެއްގާ ވެރިކަމުގެ ދަހިވެތި މަޅީގައި މަނިކުފާނު ތިދަނީ ބަނދެވެމުންނެވެ." މޫސަގެ ސިޓީގައި ބުނެފައިވެއެވެ.

މޫސަގެ ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމްދީން އޮންނަ ގައުމަކަށްވާއިރު ސިޔާސީ ބޭނުމަކަށް ޓަކައި އެމްޑީޕީގެ ހަތުރުން ލާދީނީއޭ ކިތަންމެ ވަރަކަށް ގޮވިއަސް އީމާންތެރިކަމާއި އަގީދާ ބަލިކަށްޓެއް ނުވާނެއެވެ.

ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަޝީދު އިނގިރޭސި ބަހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށާއި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުކުރާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް