Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ނަޝީދު އުޅެނީ ސިޔާސީ މަންފާތަކެއް ހާސިލު ކުރުމުގެ ދަހިވެތިކަމުގައި: އަދާލަތު

ރައީސް ނަޝީދު އުޅެނީ ސިޔާސީ މަންފާތަކެއް ހާސިލު ކުރުމުގެ ދަހިވެތިކަމުގައި: އަދާލަތު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމުގެ ދަހިވެތިކަމުގައިކަމަށް އަދާލާތު ޕާޓީއިން ބުނެފިއެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އަންނަނީ މިނިވަންކަމާއި ހަމަހަމަކަމުގެ ނަމުގައި އަމިއްލަ ފައިދާއަށް މަންފާތަކެއް ހާސިލްކުރުމަށް ކަމަށާއި ދިވެހީންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ދުނިޔެއަށް ސިފަކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އަދާލަތު ޕާޓީން ބުނީ ދިވެހީންނަކީ އިންސާފާއި ހަމަހަމަކަމަށް ލޯބިކުރާ ބަައެއް ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ބަސްބުނެ އިސްލާމީ އުސޫލުތަކުގެ މަތީގައި ދެމިތިބުމަށް ވެސް މަސައްކަތްކުރާ ބައެއް ކަމަށެވެ.

"ދިވެހީން ވަނީ މި އުސޫލުތަކުގެ މަތީގައި 800 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފަ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހީން ކުރިއަށް ދާނީ މިގޮތުގައި. އަދާލަތު ޕާޓީ އުފެދިގެން އައުމުގެ މައިގަނޑު ބޭނުމަކީ މި އުސޫލުތައް ނެގެހެއްޓުން" އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ 2015 ވަނަ އަހަރު އެމްޑީޕީއާއި ޖޭޕީ އަދި އެމްއާރުއެމްއާ އެކު ކޯލިޝަން ހެދީ އެއިރުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާ މެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް