ޚަބަރު

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ގައިދީންނާ ބައްދަލު ކުރެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ގައިދީންނާ އާއިލާތަކަށް ބައްދަލު ކުރެވޭނެ ކަމަށް ކަރެކްޝަނުން އެކުލަވައިލި އުސޫލުގައި ބުނެފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ކަރެކްޝަން ސާވިސަސްއިން އެކުލަވާލި އާންމު އުސޫލުގައި ބުނެފައި ވަނީ އާއިލާ ބައްދަލުވުމަށް ހުއްދަ ދެވޭނީ އެއްފަހަރާ ގިނަވެގެން އާއިލާގެ ފަސް މެންބަރުންނަށް ކަމަށެވެ. އެ ފަސް މެންބަރުން ގުނާނީ ބައްދަލުވުމުގައި ބައިވެރިވާ ކުޑަކުދިން ވެސް ހިމަނައިގެން ކަމަށެވެ.

މީގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އާއިލާ މެންބަރުންނާއި ވަކީލުން ޖަލަށް ޒިޔާރަތްކޮށް ބައްދަލު ކުރެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖެހުމަށް ކަނޑައަޅައިފައިވާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިތާ 14 ދުވަސް ހަމަވުމުން ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި ބައްދަލުވުންތަކުގައި އެޗްޕީއޭގެ މިންގަނޑުތަކަށް އަމަލުކުރަން ވާނެ ކަމަށާއި ގަވާއިދާ ހިލާފުވެއްޖެ ނަމަ ވަގުތުން ބައްދަލުވުން މެދުކަނޑައިލުން ނުވަތަ މަސް ދުވަސް ވަންދެން ޖަލަށް ޒިޔާރަތްކުރުން މަނާ ކުރުން ފަދަ އަދަބެއް ދެވޭނެ ކަމަށް ވެސް އެ އުސޫލުގައި ވެއެވެ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!