Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ޢީދު ބަންދަށްފަހު ކުރިޔަށްދާނެ: އެޗްޑީސީ

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުން ދެން ކުރިއަށްދާނީ އަޟްޙާ ޢީދުގެ ބަންދަށް ފަހުގައިކަމަށް އެޗްޑީސީން ހާމަކުރައްވައިފިއެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ތަޅުދަނޑި ޙަވާލުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ދެން ކުރިއަށްދާނީ ޢީދު ބަންދަށް ފަހު ކަމަށެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ފްލެޓު އެއްބަސްވުން އެކުލަވައިލާން ނިންމައިފައިވާ މީހުންނާ އެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ސޮއިކުރަން ފަށައިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ އެއްބަސްވުމުގަައި ސޮއި ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރުމަށް "ހިޔާ 7000 ޕޯޓަލް"ގައި ޕާރސަނަލް އެކައުންޓު ހުޅުވުމަށް އެޗްޑީސީން ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކިބައިން ވަނީ އެދިފައެވެ.

އެޗްޑީސީން ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއި ކުރުމުގައި ހިޔާ 7000 ޕޯޓަލްގެ ބޭނުން ކުރުމުން ފުލެޓު ލިބުނު ފަރާތްތަކަށް ލިޔެކިޔުންތައް ހުށައަޅަށް ފަސޭހަވާނެ ކަމަށާއި ކޮވިޑް19 ސަބަބުން ކުރިމަތިވާ ހުރަސްތަކާ އެކު ވެސް ހުއްޓުމެއް ނެތި އެއްބަސްވުން ތަކުގައި ސޮއިކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް