ޚަބަރު

ނަރުދޫ ކުލަބް ރެނެއަސަންސްގެ އީދު ހަދިޔާ ތަފާތު: ކޮންމެ ގެޔަކަށް ކުކުޅެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުލަބް ރެނެއަސަންސްގެ މެމްބަރު/ ފޮޓޯ ފޭސްބުކް

ށ.ނަރުދޫ ކުލަބް ރެނެއަސަންސްގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާގެ ގޮތުގައި ކުކުޅު ބަހައިފިއެވެ.

Ads by STELCO

އީދު ހަދިޔާ ބެހުމުގެ މި ހަރަކާތާ ބެހޭ ގޮތުން "ދެން" އަށް މަައުލޫމާތު ދެއްވަމުުން ކުލަބް ރެނެއަސަންސްގެ ރައީސް ހުސައިން ރިޔާޒް ވިދާޅުވީ މިހަރަކާތުގައި އެރަށުގެ ހުރިހާ ގެއަކަށް ވެސް ކުކުޅު ހަދިޔާކޮށްފައިވާ ކަމަށެވެ.

"މިހަރަކާތުގައި ރަށުގެ ހުރިހާ ގެއަކަށް އަޅުގަނޑުމެން ކުކުޅު ހަދިޔާ ކުރިން. އެއްވެސް ގެއެއް ބާކީ ނުކޮށް ހުރިހާ ފަރާތެއްވެސް ޝާމިލްވާހެން." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކޮންމެ ގޭބިސީއަކަށް ކުކުޅެއް ހަދިޔާކުރީ ޢީދު ދުވަހުގެ މެންދުރުގެ ސުފުރާއަކީ ޒަމާނުއްސުރެ ކުކުޅުގެ ބާވަތްތައް ހުންނަ ސުފުރާއަކަށް ވާތީ ރަށުގެ ހުރިިހާ ގެއެއްގެ މެންދުރު ސުފުރާމަތީ ކުކުޅު ހުންނަން ބޭނުން ވާތީ ކަމަށެވެ. އަދި ކޮވިޑް 19ގެ ސަބަބުން ޖަމްއިއްޔާގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށައި ތަފާތު ކަމެއް ކުރުމަށް މިހަރަކާތް ކުރިއަށް ގެންދިޔައީކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

"ކޮވިޑް ގެ ސަބަބުން ޖަމްއިއްޔާގެ މަސައްކަތް އޮތީ ހުއްޓިފައި. އަލުން މަސައްކަތް ފެށުމުގެ ގޮތުން މިކަން މި ކުރީ. ތަފާތު ކަމެއް ކުރުމަށް" ރިޔާޒް ވިދާޅުވިއެވެ.

މި ހަރަކާތް ހިންގުމުގެ މަޤުޞަދާއި ބެހޭ ގޮތުން ރިޔާޒް ވިދާޅުވީ ޢީދު އުފަލުގެ ތެރެއިން އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދީ ޞަދަޤާތް ކުރުމުގެ ޢާދަ މުޖުތަމަޢުގައި އަށަގެންނެވުމަކީ މިހަރަކާތުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށެވެ.

Ads by HDC
  1. ހުސޭނު

    ކޮވިޑުގެ ވާހަކަދައްކަން ހަނދާންވިއިރު މާސްކު އަޅަންހަނދާންވީ އެކަކު

  2. ވަހީދު ފީވަކު

    މިކުލަބުން މިއަހަރުކުރިއެންމެބޮޑު މަސައްކަތަކީ ލޯކަލްކައުންސިލް އިންތިހާބުދުވަސްވަރު ހިތާނުވާމީހުންނަށްއެންޓިކެމްޕެން ކުރާފޭސްބުކުޕޭޖުހިންގުން އެމަސެއްކައްހުއްޓުނި އެންޓިކެމްޕެންކުރި މީހުންގެއެކަކު އިންތިހާބުކާމިޔާބުކުރި ހިސާބުން އެހިސާބުންފެށިގެން އަދި ކުލަބުގެމަސެއްކައް އޮތީފާޑަކަށް ހުއްޓިފަ