ޚަބަރު

100 ރުފިޔާއާއި ރަން ކެވެލި ކޮޅެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް/ ފޮޓޯ: ދެން އިމޭޖްސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

  • ޖުލައި 15ވަނަ ދުވަހު ވިލިމާލެ ފެރީ ޓަރމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 492259
  • ޖުލައި 17ވަނަ ދުވަހު ނޯތުހާބަރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ހަ ކާޓޫނު ކެމަލް ލައިޓު ސިނގެރެޓު. އިންސިޑެންޓް ނަންބަރ 492384
  • ޖުލައި 18ވަނަ ދުވަހު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ރެޑްމީ 8އޭ ބްރޭޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 492469
  • ޖުލައި 18 ވަނަ ދުވަހު، އައިޖީއެމް ހޮސްޕިޓަލު ލެބޯޓްރީއަށް އަރާ ސިޑިމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިކޮޅެއް. ސިޑެންޓް ނަންބަރ 492506
  • ޖުލައި 20 ވަނަ ދުވަހު ސެވަން އެންޑް ހައުސް ގޭ ސިޑިދަށުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 މޯބައިލް ފޯނު (އައިފޯނު 6 ޕްލަސް، އޮއްޕޯ، އެމްއައި)

ފުލުހުން ވިދާޅުވީ، މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!