Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިހާލަތުގައި ސިޔާސީ ގޮތުން ބައިބައިވުން ރަނގަޅެއް ނޫން: ޝަރީފް

މިހާލަތުގައި ސިޔާސީ ގޮތުން ބައިބައިވުން ރަނގަޅެއް ނޫން: ޝަރީފް

ކޮވިޑާއެކު މިއޮތް ހާލަތުގައި ސިޔާސީ ގޮތުން ބައިބައިވުން ރަނގަޅު ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖެ މިހާރު މި އޮތީ އިޖްތިމާއީ އަދި ސިއްހީ ކާރިސާއެއްގައި ކަމަށާއި މި ހާލަތުގައި ސިޔާސީ ގޮތުން ބައިބައިވުން ރަނގަޅު ނޫން ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކޮވިޑާ އެކު ގިނަ ބަޔަކު އެ އުޅެނީ ކާނެ އެއްޗެއް ވެސް ނުލިބިގެން ކަމަށާއި ކޮވިޑާއެކު މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/addushareef/status/1417650987309813765?s=21

ޝަރީފް ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ސިޔާސީ ގޮތުން ބާރުވެރިކަން ހޯދައި ގައުމު ބައިބައިވުން ނޫން ގޮތެއް ގައުމަށް މާ ފައިދާ ބޮޑުވާނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ މީހުންގެ ދިރިއުޅުމަށް އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިލާން ޖެހޭ ދުވަސްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް