Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓެރަރިޒަމްއާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި: އާދަމް ޝަރީފް

ޓެރަރިޒަމްއާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި: އާދަމް ޝަރީފް

ޓެރަރިޒަމްއާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމްއާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީއިން ކަމަށެވެ.

"ޓެރަރިޒްއާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފު ކުރައްވާ" އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/adamshareefz/status/1417908605190250497?s=21

ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ ގައުމުގައި މިއަދު ކަންކަން ވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވައިލެއްވުމާ ގުޅިގެންނެވެ.

އިންޑިއާގެ ޑީއެންއޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ދެ ފަހަރު އިންތިހާބު ކާމިޔާބުކުރީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު ކަމަށެވެ. އެމަނިކުފާނު ވަނީ ގައުމުގެ ކަންކަން ފެއިލްވެގެން ދިޔުމަށް ބޭނުން ނުވާކަމަށް ވެސް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް