Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްއެމްޕީއާރްސީއަކީ ގޯސް ނިޔަތެއްގައި ނަޝީދު އުފަން ކުރުވި ދަރިއެއް: މަލީހު

އެމްއެމްޕީއާރްސީއަކީ ގޯސް ނިޔަތެއްގައި ނަޝީދު އުފަން ކުރުވި ދަރިއެއް: މަލީހު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަކީ އަރިސް ބޭފުޅުންނަށް މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފަން ކުރުވި ދަރިއެއްކަމަށް ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. ޗެނަލް 13ގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ އެމްއެމްޕީއާރުސީ އުފެއްދުމަށް ފަހު ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ހުރީ އެމްޑީޕީގެ ބޮޑުންނަށް ކަމަށާއި އެމްއެމްޕީއާރުސީއަކީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނަށް ވަޒީފާ ދީ މާލީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި އުފެއްދެވި ކުންފުންޏެއްކަމަށެވެ. "އެމްއެމްޕީއާރުސީ އުފެއްދުމަށް ފަހު ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ހުރީ އެމްޑީޕީގެ ބޮޑުންނަށް ، އެމްއެމްޕީއާރުސީއަކީ ރައީސް ނަޝިދުގެ އަރިސް ބޭފުޅުންނަށް ވަޒީފާ ދީ މާލީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި އުފެއްދެވި ކުންފުންޏެއް" މަލީހް ވިދާޅުވިއެވެ. މަލީހް ވިދާޅުވީ އެމްއެމްޕީއާރުސީ އުފެއްދުމަށް ފަހު އެމްޑީޕީގެ ބޮޑުންނަށް ދީފައި ހުރި ބޮޑެތި ޕްރޮޖެކްޓްތަކުގެ އެގްރީމެންޓެއް ބާތިލްކުރީ 2012 ވަނަ އަހަރު ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީއަކީ އެމްޑީޕީގެ ކުންފުންޏެއް ކަމަށެވެ. އަދި އެއީ ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުމަށް ހުޅުވާލި މަގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމަށް ފާސްކޮށް މަޖިލީހުން މިއަހަރުގެ ތެރޭގައި ވަކި ކުރި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ވަނީ މި ހަފްތާގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް