ހަރުކަށި ފިކުރުގެ ގައިދީން ، ރީހެބިލިޓޭޓު ކުރުމުގެ ޔުނިޓަށް ބަދަލުކުރަނީ
މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ރީހެބިލިޓޭޓު ކުރުމުގެ ޔުނިޓަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހުމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޔުނިޓު ހުޅުވާފައިވަނީ ފެބްރުއަރީ މަހު ކަމަށެވެ.
"ހަރުކަށި ފިކުރުގެ ގައިދީން އައިޑެންޓިފައި ކުރަން ވެގެން އެސެސްމަންޓު ހަދާފައި، އޯގަސްޓު މަހު އެ ޔުނިޓަށް އެފަދަ ގައިދީން ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސީޕީ ވީދާޅުވީ. އެ ޔުނިޓަކީ ހަރުކަށި ފިިކުރުގެ ގައިދީން ރީހެބިލިޓޭޓް ކުރުމަށް ޚާއްސަ ކޮށްފައި ހުރި ޔުނިޓެއް. އެއީ ޖެނެރަލް ޕޮޕިއުލޭޝަންގައި ތިބެންޏާ އެހެން ގައިދީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭތީ" ޔުސްރީން ވިދާޅުވިއެވެ.
ޔުސްރީން އިތުރަށް ވިދާޅުވީ ކުދި ކުށްތަކުގައާއި ބޮޑެތި ކުށްތަކުގައި ޖަލަށް ލައިފައި ގައިދީން ތިބި ކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ލެވެލް ތަފާތު ކޮށްފައި ހުންނަ އިރު ވެސް، ޖަލުގެ ޖާގައިގެ ދަތިކަމުން ކޮންމެވެސް ވަރަކަށް އެއް ގައިދީއަކު އަނެއް ގައިދީއަކާ އެކު އުޅެން ޖެހޭ ތަން އަންނަ ކަމަށެވެ. އެހެންކަމުން ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ވަކި ކޮށްލަނީ ކަމަށް ޔުސްރީން ވިދާޅުވިއެވެ.
އިސްލާމް ދީނާ އިދިކޮޅު މީހުން ލާނެ ތަނެއް ވެސް ބޭނުންންވާނެ ލާދީނީ ފިކުރު ނައްތާލުމަކީ މިގައުމަށް އެންމެ އަމާންކަން ލިބޭނެކަމަކީ ވ ސަލާމް ދިވެހި ގައުމަށް ލޯބިކުރާ ދިވެހިދަރިއެއް މީ