Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޮންޑޭގެ ތުހުމަތު: އަދާލަތު ޕާޓީއަށް މެމްބަރުން ހަމަ ކުރަނީ އަނދިރި ދައުލަތް ރުއްސައިގެން!

ބޮންޑޭގެ ތުހުމަތު: އަދާލަތު ޕާޓީއަށް މެމްބަރުން ހަމަ ކުރަނީ އަނދިރި ދައުލަތް ރުއްސައިގެން!

ރާއްޖޭގައި އަނދިރި ދައުލަތެއް ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވަނީ، އަނދިރި ދައުލަތް ރުއްސައިގެން ނޫނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރެވެން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭގައި އަނދިރި ދައުލަތެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން ވަނީ ދޮގު ކުރަައްވައިފައެވެ. ނަމަވެސް 241 ކޮމިޓީގެ އިންކުއަރީގައި ޓެރަރިޒަމް ސެންޓަރުގެ އެންމެ އިސްވެރިޔާ ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވަނީ ރާއްޖޭގައި އަނދިރި ދައުލަތެއް އޮތް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވައިފައެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ބޮންޑޭ މިއަދު ވިދާޅުވީ އަނދިރި ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ވިދާޅުވާއިރު، ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަނދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރެވެން ނެތުމުން ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ފަށައިފައެވެ. އަދާލަތު ޕާޓީއަށް މީގެ ކުރިން ވެސް 10،000 މެމްބަރުން ހަމަވެފައި ނުވުމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް