Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިފި

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިފި

ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮވިއަޑު އިވިގެން އެ ސަރަޙައްދު ބަންދުކޮށް، ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދަނީ ހުޅުމާލެ ރަބަރުގަސް މަގު ހަ ނަންބަރު ގޯޅި ކައިރީގައެވެ.

<img class="alignnone wp-image-105009 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/IMG-cfb5fe22165a89e748ca4bdbff28e8f3-V-628x1024.jpg" alt="" width="628" height="1024" />

Advertisement
Allied Insurance — Square (box)

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށާއި އެއްވެސް މީހަކަަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދެއްވައިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގެ ކަންކަން ބެއްލެވުމަށް އެ ސަރަޙައްދަށް ރޭގައި، ސިފައިންގެ އިސް ބޭފުޅެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީއު ވެސް ވަޑައިގެންނެވިއެވެ. އަދި ސިފައިންގެ ސްޕެޝަލް ފޯސްއިން އެ ސަރަޙައްދުގައި ހަތިޔާރާ އެކު ހަރަކާތްތެރި ވެސް ވިއެވެ.

އެއްޗެއް ގޮވި އަޑު އިވުނު މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އިތުރަށް ހަމައެކަނި ވިދާޅުވީ އެއްވެސް މީހަކަަށް ޖިސްނާމީ އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް