ޚަބަރު

ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 260،281 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 520 މީހުން ފުރިހަމަ ކޮށްފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 260،281އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 320،991އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 98 މީހުން ޖަހައިފައި ވެއެވެ. މާލެ ސަރަހައްދުން ޑޯޒް 6 މީހުން ފުރިހަމަކޮށްފައިވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 507 މީހުން ފުރިހަމަކޮށްފައިވާއިރު މާލެ ސަރަހައްދުން ޖަހައިފައި ވަނީ 13 މީހުންނެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު، އެ ވެކްސިން އާންމުކޮށް ޖެހުން ގިނަދުވަސްތަކަކަށް ވަނީ މެދުކަނޑައިލައިފައެވެ. ނަމަވެސް މިހާރު ކޮވިޝީލްޑް ވެކްސިން ވެސް ވަނީ އަލުން ޖަހަން ފަށައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!