Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭގައި ބާރު އަޑެއް ގޮވީ ވެލްޑިން ކުރަން އުޅެނިކޮށް ހިނގި ހާދިސާއަކުން: ފުލުހުން

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގައި ބާރު އަޑެއް ގޮވީ ވެލްޑިން ކުރަން އުޅެނިކޮށް ހިނގި ހާދިސާއަކުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ، ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 00:35 ހާއިރު ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ތިބި މީހުންނާ ސުވާލުކޮށް ބަލަން ޖެހޭ ކަންތައްތައް ބަލައިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.އެ ގޮތުން މިހައިތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް ގޮވައިފައި ވަނީ ހުޅުމާލެ ލޮޓް ނަންބަރު 1138ގެ ޓެރެސް މަތީގައި ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުން ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް