ޗައިނާއަކީ ލޯން ޝާކެއްކަމަށް ބުނެ މާލޭގައި މުޒާހަރާކޮށްފި
މާލޭގައި ޗައިނާ އެންބަސީ ހުންނަ ސަރަހައްދުގައި މަދު އަދަދެއްގެ ޒުވާނުންތަކެއް އެއްވެ ޗައިނާއާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
ޗައިނާއާ ދެކޮޅަށް ކުރި މިމުޒާހަރާގައި ޒުވާނުން ހިފައިގެން ތިބި ބެނާތަކުގައި ، ޗައިނާއަކީ ބިން ފޭރޭ ބައެއް ކަމަށާއި ޗައިނާގެ ނުފޫޒު ހުއްޓުވަން ޖެހޭ ކަމަށް ވަނީ ލިޔެފައެވެ. އަދި ޗައިނާއަކީ ލޯން ޝާކެއް ކަމަށާއި ލޯނުގެ ދަންތުރައިން ރާއްޖެ ސަލާމަތްވެ، ޗައިނާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން ޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ.
ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާ ކުރާ ސަރަހައްދު ބަންދުކޮށްފައެވެ. އަދި މިގޮތަށް ބަންދު ކުރީ މުޒާހަރާއެއް ކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއަދު ކުރިޔަށް ދިޔަ މުޒާރަހާގައި ބައިވެރިވެފަ އިވަނީ މަދު އަދަދެއްގެ ބައެއްކަން ފާހަގަ ކުރެވެއެވެ.
ޗައިނާއާ ދެކޮޅަށް މާލޭގައި ބަޔަކު މުޒާހަރާކޮށްފައި މިވަނީ ޗައިނާއިން ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ލޯނުތަކަށް ލުއި ދިނުމަށް އެދުމުން އެކަންކޮށްދީފައި ނުވާ ކަަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ޢަންނަނީީ ހިނިި ނުފޫޒުު އޮތީީ ކޮންް ބައެއްގެެ ކަންނޭގިތިބެެ ފައިސާކޮޅަކަށްް މުޒާހަރާއަށްް ޒުވާނުންނޯޯ މައިފުޓް
ބިންފޭރޭ ޤައުމުތަކުގެ ލިސްޓަށް ސިއްކިމް ފޭރުނު ޤައުމު އަރާނެ ލޯން ޝާކެކޭ ބުނާއިރު ޒުވާނުންކަމަށް ބުނެ ޤައުމު އިސްލާހުކުރަން ނިކުމެތިބި ކުދިންނޭ މިހާރު އެންމެބޮޑު ދަރަންޏެއް ދިވެހި ރާއްޖެއިން ދައްކަންއޮތީ އިންޑިއާއަށް މައުލޫމަތާކީ އެންމެންގެ ހައްގެއް މައުލޫމާތު ހޯދައި ބިނާކުރުވަނިވި ގޮތަކަށް ޤައުމު ބިނާކުރުމަށް ޒުވާނުން ހަރަކާތްތެރިވުމަކީ އެންމެ އެކަށޭނަގޮތް އަދި ބަޔަކު ބުނެގެން މުޒާހަރާކުރުމަކީ ޒުވާނުންނަށް ހުތުރުއެރުވުން އެއްބަޔަކު އިންޑިއާ އައުޓް އަނެއްބަޔަކު ޗައިނާ އައުޓް ދެން ނޭނގެ ބަންގާޅިން ނިކުމެ ދިވެހިން އައުޓޭ ނުގޮވާނެކަމެއް މިއޮތީވާ ޤައުމެއް އަމިއްލަ ސިކުނޑިން ވިސްނާ ބަޔަކު ނެތީބާއޭ ހިތަންއަރާ
މި ސަރުކާރުން ޗައިނާ އާ ގުޅުން ބަދަހިކުރާނެ