ޚަބަރު

"ގެއްލުނު" މިސްބާހް މާލެ އައުމާ އެކު، ހުކުމެއް ތަންފީޒުކުރަން ޖަލަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިސްބާހު މުހައްމަދު

މި އަހަރުގެ މެއި މަހުގެ 14ވަނަ ދުވަހު، ގެއްލިގެން ހޯދަން އިއުލާނު ކުރި މިސްބާހް މުޙައްމަދު މާލެ އައުމާ އެކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަން ޖަލަށް ލައިފިއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްބާހް މާލެ އައީ މިއަދު ކަމަށާއި އޭނާ މާލެ އައުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި މިސްބާހުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ ގެއްލިގެން ހޯދަމުން ގެންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު (25އ.)، ހުރީ ޕާކިސްތާނުގެ ޑްރަގް ނެޓްވޯކަކުން ރަހީނު ކޮށްފައި ކަމަށެވެ.

އެގޮތުން 2020 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13ގައި ފްލައި ދުބާއީގެ އީ.ޒެޑް 1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް ފުރައިފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށާއި އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައި ވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން، ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވައިފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ"އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން އެއިރު ވިދާޅުވިއެވެ.

ޕާކިސްތާނަށް މިސްބާހް ދިޔުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Ads by HDC
  1. އަލީ

    މިސްބާހު މުހައްމަދު 25، ރާއްޖެ އައިސް އިމިގްރޭސަން ނިންމާފަ ކަސްޓަމްސް ޗެކިން އިން ކަސްޓަމްސް އޮފިސަރަކަށް ސައްކުކުރެވިގެން ހުއްޓްވާ ސުވާލްކޮށް ބެލިބެލުމުން ތިކަންތަށް ފާހަގަވެގެން ފުލުހުނާއި ހަވާލް ކުރިކަން ވަރަށް މުއުތަބަރު ފަރާތަކުން އެނގިފައިވޭ