ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 92 މީހުން

ރާއްޖެއިން މިއަދު އިތުރު 92 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 21 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 48 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 18 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 76،546 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 73،710 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 11 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ނިޔާވެފައިވެއެވެ.