އިންތިގެ ރައްދު ރޮޒައިނާއަށް: ރައީސް ނަޝީދުގެ ބަހަށް ދެކޮޅު ނުހެދޭނީ އެއީ އެމްޑީޕީގެ ރައީސަށް ވާތީ

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުންތަކުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އަނެއްކާ ވެސް ބަހުގެ ހަމަލާ ރައްދުކުރައްވައިފިއެވެ.
ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި ބޮން ގޮއްވައި އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވުމުން ރޮޒައިނާ ވަނީ އެއީ ކީއްވެތޯއާއި އެމްޑީޕީއަކީ ކަސްތޮޅު އަޅުވައިފައި ތިބި ބައެއްތޯ ސުވާލު ކުރައްވައިފައެވެ.
ރޮޒައިނާގެ އެ ސުވާލަށް ރައްދު ދެއްވަމުން އިންތި މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އެއީ ރޮޒައިނާ އަށްވުރެ ބޮޑު އިތުބާރެއް ރައީސް ނަޝީދަށް ކުރައްވާތީ ކަމަށެވެ.
"ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ ހަމައެކަނި ލީޑަރު އެ ވަނީ ބޮން ގޮއްވައިލައި ޒަހަމް ކޮށްލައިފައި. އެއީ އެވާހަކަ ދެއްކެވުމުން. އަދި އެއީ އެމްޑީޕީގެ ރައީސް" އިންތި ވިދާޅުވިއެވެ.
https://twitter.com/Imthiyazfahmy/status/1418808086433783809?s=20
ވެރިކަން ކުރާ އެމްޑީޕީގެ މެދުގައި ހިޔާލު ތަފާތުވުން ގިނަވެ، ބައިބައިވުން ވެސް އިތުރުވެ، ދެ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.





.webp)

ކޮމެންޓް