Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދަލެއްގައި ޖެހިފައި އޮއްވާ އެހީވާން މަސައްކަތް ކުރި ކަހަނބު މަރުވުމުން ޔޮޓްގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފިން: ޖާބިރު

ދަލެއްގައި ޖެހިފައި އޮއްވާ އެހީވާން މަސައްކަތް ކުރި ކަހަނބު މަރުވުމުން ޔޮޓްގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފިން: ޖާބިރު

ދަލެއްގައި ޖެހިފައި އޮއްވާ ސަލާމަތް ކުރެއްވޭތޯ މިއަދު މަސައްކަތް ކުރި ކަހަނބު މަރުވުމުން، އެކަމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ޔޮޓްގައި ނަގައިފައިވާ ޤައުމީ ދިދަ ބައި ދަނޑިއަށް ތިިރިކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާތީ އެމަނިކުފާނަށް ޖާބިރުގެ ތާއީދު ވަރަށް ބޮޑަށް އޮތް ކަމަށާއި އެހެންކަމުން ކަހަނބު މަރުވުން ފަދަ ކަންކަމަކީ ދިވެހި ރާއްޖެފަދަ ކުޑަ ޤައުމެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާ އަމިއްލަ ޔޮޓް ދުއްވަނިކޮށް، "އެއްލި ކަޅިއަކުން" ފެނިވަޑައިގަތީ ދަލެއްގައި އެޅިފައި އޮތް ބޮޑު ކަހަނބެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

"ކަހަނބު ސަލާމަތް ކުރަން ވެގެން 200 މީޓަރަށް ފަތާފައި ގޮސް އޭތި ނަގައިގެން އައިސް، އޭގެން ދާގަނޑު ނެއްޓުމުގެ ތެރޭގައި އޭތި އަވަހާރަވެއްޖެ (މަރުވެއްޖެ). އަޅުގަނޑު އެކަމުގެ ހިތާމައިގައި އަޅުގަނޑުގެ ބޯޓުގެ (ޔޮޓުގެ) ދިދަ މިއިނީ ދިވެހި ދައުލަތުގެ ދިދަ މިއިނީ ބައިދަނޑިއަށް ތިރިކޮށްފައި. ސުވާލަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންޑަސްޓޭންޑް ވޭތޯއޭ އެންވަޔަރަމަންޓް ކަންކަން ހިމާޔަތްކޮށްފައި ބަހައްޓަން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ނުކުރެވިއްޖެ ނަމަ ރައްޔިތުން "ބަނޑުފުރާ މުއްތި ކުރާނެ" އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބޭފުޅުންނާ އެކު "ވަގުތުން ވަގުތަށް" ކަނޑުތައް ސާފު ކުރުމަށް ވެސް ޖާބިރު ވަނީ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް