Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަ ކުއްޖަކު ފައްސިވެ، ކުޅުދުއްފުށި އަނެއްކާ ވެސް މޮނީޓަރިންއަށް

ކުޑަ ކުއްޖަކު ފައްސިވެ، ކުޅުދުއްފުށި އަނެއްކާ ވެސް މޮނީޓަރިންއަށް

އުމުރުން 13 އަހަރުގެ ކުއްޖަކު ކޮވިޑް-19އަށް ފައްސިވެގެން، ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާ ވެސް މޮނީޓަރިންއަށް ލައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި މޭޔަރު މުޙައްމަދު އާތިފު ވިދާޅުވީ އެ ކުއްޖާ ކޮވިޑް-19އަށް ފައްސިކަން އެނގުނީ ރޯގާގެ އަލާމާތްތައް ހުރެގެން އިއްޔެ ފްލޫ ކްލިނިކަށް ދެއްކުމަށް ފަހު ނެގި ސުންކު ފައްސި ވުމުން ކަމަށެވެ.

ކުޑަ ކުއްޖަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން، އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފައި ވަނީ މިއަދުއެވެ.

Advertisement
Allied — Dhen Online (box)

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި މޮނީޓަރިންއަށް ލެވިފައިވާ ދުވަސްވަރު ފައްސިވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދައި ވަކި ތަރުތީބެއް ނެތި ސުންކު ވެސް ނަގާނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލު ވުމަށް ފަހު، މިދުވަސްވަރު އަނެއްކާ ވެސް ފައްސި ވޭދަނަތައް އަންނަނީ އިތުރުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް