Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިއަދު މާލެއިން ކޮވިޑަށް ފައްސިވީ 20 މީހުން

މިއަދު މާލެއިން ކޮވިޑަށް ފައްސިވީ 20 މީހުން

ރާއްޖެއިން މިއަދު އިތުރު 81 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޓެސްޓް ކުރި 4،863 މީހުންގެ ތެރެއިން މާލެއިން ފައްސިވީ 20 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 44 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 17 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 76,627 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 73,795 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް