Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

3 މަސް ފަހުން ތިނަދޫ މޮނިޓަރިންއިން ނަގައިފި

3 މަސް ފަހުން ތިނަދޫ މޮނިޓަރިންއިން ނަގައިފި

ގދ.ތިނަދޫގައި ކޮވިޑް-19 ފެތުރި، މޮނިޓަރިން ހާލަތައް ގެނައިތާ 3 މަސް ފަހުން މިއަދު އެ ރަށް އާންމު ހާލަތައް ގެނެސްފިއެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެ،  އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް ކާފިއު އިއުލާނު ކުރިއެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހި، އެރަށުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވުނެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައެޅި ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރިއެވެ. އަދި ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ވެސް ހުއްޓައިލިއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ޕަބްލިކް ހެލްތު ޔުނިޓާއި ތިނަދޫ ކައުނަސިލްގެ އިތުރުން ފުލުހުންނާއި ޢާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެ ރަށުގައި ބަލިވަނީ ކޮންޓްރޯލް ކުރެވިފައެެވެ.

މޮނިޓަރިން ހާލަތުން ތިނަދޫ ނެގުނު އިރު އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެ ރަށުން ބަލި ޖެހިފައި ވަނީ 927 މީހަކަށެވެ.<span class="Apple-converted-space"> އަދި </span>3887 މީހުން ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. ތިނަދޫން ފާއިތުވި 3 މަސް ތެރޭގައި 7490 ސުންކު ވަނީ ނަގައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް