Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތަހުގީގުން ހާމަވީ ރައީސް ނަޝީދުގެ މައްސަލަ ރައީސް ޞާލިޙް ނެންގެވީ ސީރިއަސްކޮށްކަން: މަހްލޫފް

ތަހުގީގުން ހާމަވީ ރައީސް ނަޝީދުގެ މައްސަލަ ރައީސް ޞާލިޙް ނެންގެވީ ސީރިއަސްކޮށްކަން: މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާ ސަރުކާރާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސީރިއަސްކޮށް ނެންގެވިކަން ފުލުހުންގެ ތަހުގީގަށް ބަލައިލުމުން ހާމަވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތަކާ ގުޅިގެން މަގާމުން ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު އެކަން ވަރަށް ސީރިއަސްކޮށް ފުލުހުން ތަހުގީގް ކުރި ކަމަށާއި ފުލުހުން މި މައްސަލައިގައި މިހާތަނަށް ކޮށްފައި ވަނީ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއްކަމަށެވެ.

މަހުލޫފް ވިދާޅުވީ މި މަސައްކަތް ފުލުހުން ކޮށްފައިވާ ފުރިހަމަކަމުން ހާމަވެގެންދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސަރުކާރުން ދެއްވާފައިވާ ޚާއްސަ އަހައްމިޔަތު ކަމަށެވެ.

Advertisement
Allied Insurance — Square (box)

"<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއް. ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު </span>މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން. އަނިޔާވެރި ހަރުކަށި ފިކުރު ނައްތާލަން ޖެހޭ، އެކަން ކުރަންވާނީ ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާ އެކު." މަހްލޫފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން، ފުލުހުން ރޭ ހާމަކުރި މައުލޫމާތުތަކަށް ބައެއް ފަރާތްތަކުން ފުލުހުންގެ މަސައްކަތަށް ތައުރީފު ކޮށްފައިވީ ނަމަވެސް، ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ބައެއް ބޭފުޅުން މި މައްސަލައިގައި އަދިވެސް ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފައްދަވައެވެ. އެ ގޮތުން ހަމަލާ ރާވާ ހިންގި މީހުން ބޮޑެތި ޚަރަދު ހިނގާނެ ކަންކަން ކޮށްފައި ވީ ނަމަވެސް ހަމަލާއަށް ފަންޑްކުރި ބަޔަކު ތިބި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވުމުން އެކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް