Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ގިނަވެއްޖެ، ކުއްލި ނުރައްކާ އިއުލާނު ކުރައްވާ: ރައީސް ނަޝީދު

ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ގިނަވެއްޖެ، ކުއްލި ނުރައްކާ އިއުލާނު ކުރައްވާ: ރައީސް ނަޝީދު

ރާއްޖޭގައި ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ވަރަށް ގިނަވެއްޖެ ކަމަށާއި ކުއްލި ނުރައްކާ އިއުލާނު ކުރައްވަން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ކޮށްފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތަކުރާރުކޮށް އަނެއްކާ ވެސް ދަންނަވަނީ ފަހަތަށް ޖެހިވަޑައިނުގެންނެވުމަށް ކަމަށެވެ.

"ރާއްޖޭގައި މިހާރު ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ވަރަށް ގިނަވެއްޖެ، އަދި އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ވަރަށް ގިނަވެއްޖެ. ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުން ވަރަށް ބޭނުންތެރި. ކުއްލި ނުރައްކާ އިއުލާނު ކުރައްވާ. ދުވަސްކޮޅަކު ޓޫރިޒަމްއަށް އަސަރުކޮށްފާނެ، އެކަމަކު ފަހުން މާ ރަނގަޅުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ނަޝީދުގެ މެސެޖުގައި އިތުރަށް ވިދާޅުވީ ހޯމް މިނިސްޓްރީ ހިންގުން ވެސް ރައީސް ޞާލިޙްގެ ބެލުމުގެ ދަށަށް ގެންދިޔުމަށެވެ.

"މިތަނުގައި އިހަށް އެކަކު އަނެކަކާ ދިމާކުރުން ހުއްޓާލަން އެދެން. ރޮޒޭއަކީ މާ މުހިންމު މީހެއް ނޫން" އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުންގަނޑަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެދިލައްވައިފައި ވަނީ އެ ގްރޫޕަށް ކޮށްފައިވާ މެސެޖުތައް ރައީސް ޞާލިޙް ކިޔުއްވުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް