Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިޔާޒްގެ ވަރުގަދަ ރައްދެއް ހަރުކަށި ފިކުރުގެ މީހުންނަށް: ﷲ ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ ފުރާނަ ދުއްވައެއް ނުލެވޭނެ

އިޔާޒްގެ ވަރުގަދަ ރައްދެއް ހަރުކަށި ފިކުރުގެ މީހުންނަށް: ﷲ ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ ފުރާނަ ދުއްވައެއް ނުލެވޭނެ

އިންސާނާގެ ފުރާނައަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި ﷲ ސުބްޙާނަހޫ ވަތަޢާލާ ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ އިންސާނާގެ ފުރާނަ ދުއްވައި ނުލެވޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައި ވަނީ، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި<span class="Apple-converted-space"> </span>ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ކަނޑައަޅައި ރައީސް ނަޝީދުގެ ލޭ ހުއްދަ ވެފައިވާކަމަށް ހަމަލާދިން މީހުން ނިންމައިގެންކަން ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކުށެއް ޘާބިތުވެ، މީހެއް މަރަން ޙުކުމް ކުރާނީ ޝަރްޢީ ކޯޓުތަކުން ކަމަށާއި އަދި ތަންފީޛު ކުރާނީ ދައުލަތުން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ރައްޔިތުން އަމިއްލައަށް ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އިޔާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މުޖްތަމަޢުގެ ހަމަޖެހުމާއި މަސަލަސް ކަމަށް ރިޢާޔަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރްދީ ޒިންމާއެއް ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތައް ހުއްޓުވޭނީ ޅަފަތުން ފެށިގެން އިސްލާމީ ތަރުބިއްޔަތު ދެވި މުޖްތަމަޢުގައި ޢަދުލު އިންޞާފު ގާއިމް ކުރެވިގެން ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ހަރުކަށި ފިކުރުގެ މީހުންނަކީ ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލު ކުރާ އެމީހުންގެ ނަސޭހަތްތައް އަޑު ނާހާ ބައެއް ކަމަށް ފުލުހުންގެ ތަޙްޤީޤަށް ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

https://dhen.mv/105426

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް