Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނީ ހުކުމް ބާތިލް ކުރެއްވުމުން: ރައީސް މައުމޫން

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނީ ހުކުމް ބާތިލް ކުރެއްވުމުން: ރައީސް މައުމޫން

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނީ ސުޕްރީމް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމުން ކަމަށް ކުރީގެ ރައީސް، އަދި ރައީސް ޔާމީނުގެ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްވަމުން ރައީސް މައުމޫން ވިދާޅުވީ މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކަށް އަދަބު ލިބުމަކީ ގާނޫނީގޮތުން ވަރަށް ރަނގަޅު ކަމެއްކަމަށާއި މިހާރު ޔާމީން އެ ހުންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި ކަމަށްވުމުން ރިޔާސީ އިންތިހާބަށް ވާދަކުރެއްވިގެން ނުވާނެކަމަށެވެ.

"ޔާމީން އެހުންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި. ޖަލުގައި ހުންނަވަނިކޮށް ނުކުމެވަޑައިގަންނަވައި އެކަހަލަކަމެއް ކުރެވިގެން ނުވާނެ. އެކަމަކު މިނިވަންވެގެން މިސާލަކަށް ޝަރީއަތް ބާތިލްވެގެން ސުޕްރީމް ކޯޓުން ބާތިލް ކޮށްގެން ނުނީ އެހެން ގޮތަކުން ނުކުމެ ވަޑައިގަނެފިއްޔާ އެއީ ދެން ތަފާތުކަމެއް" ރައީސް މައުމޫން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިދުވަސްކޮޅު ހުންނެވީ ގެއަށް ބަދަލު ކޮށްފައެވެ. އެހެން ދެ ދުވަހެއްގައި އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށް އެމްއެމްޕީއާރްސީގެ މައްސަލައަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. އެ ގޮތުން މިހާރު ފުލުހުން ތަހުގީގު ކުރަމުން ދަނީ ވ. އާރަށުގެ މައްސަލަކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި ނިމިފައިވާ އާރަށުގެ މައްސަލަ އަލުން ހުޅުވައިގެން ތަހުގީގު ކުރަމުން ދާތީ ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް