ލައިފްސްޓައިލް

ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރަން ބޭނުންނަމަ މި ކަންކަމަށް ސަމާލުވޭ !

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރުގަދަ ރީތި އިސްތަށިގަނޑެއް ލިބުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުން ވާނެ ކަމެކެވެ. އިސްތަށި ނުފޭބުމާއި، ވަރުގަދަވުމުގެ އިތުރުން ދެ ކަފިވުން ހުއްޓުމަކީ އަންހެން ކަނބަލުންގެ އިތުރުން ފިރިހެނުން ވެސް ނުހަނު ބޭނުންވާނެ ކަމެކެވެ.

Ads by MWSC

ނަމަވެސް މިފަދަ އިސްތަށިގަނޑެއް ލިބެން ބޭނުންވާ ނަމަ، ސަމާލުކަން ދޭންވީ ކަންތައްތަކެއް ވެސް ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިމަނައިލާނަމެވެ.

▪︎ އިސްތަށިގަނޑަށް އެހާ ހޫނު ނުކުރުން

ތިމާގެ އިސްތަށިގަނޑު ބަލިކަށި ނަމަ، ނުވަތަ ފަސޭހައިން ހަލާކުވާ ފަދަ އިސްތަށިގަނޑެއް ނަމަ، ހެއާ ޑްރަޔާއާއި އިސްތަށިގަނޑު ފަން ކުރާ ނުވަތަ ބުޅި ކުރާ އަޔަން ބޭނުން ކުރުމުން އިތުރަށް އިސްތަށިގަނޑު ހަލާކުވުން ގާތެވެ. ސަބަބަކީ، މި ފަދަ މެޝިނުތަކުން ބޮލުގެ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ހޫނު ވުމެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި ސިއްޙީ މާހިރުން ބުނީ، އެފަދަ މެޝިނުތައް ބޭނުން ކުރާއިރު އިސްތަށިގަނޑާ މާބޮޑަށް ކައިރި ނުކުރުމެވެ. އިސްތަށިގަނޑާ ހައެއްކަ އިންޗި ދުރުގައި ބަހައްޓައިގެން ބޭނުން ކުރުން ބުއްދިވެރި ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

▪︎ ކޮންމެކޮންމެ ޝޭމްޕޫއެއް ބޭނުން ނުކުރުން

އިސްތަށިގަނޑު ދޮވެ، ސާފުކޮށް ބެެހެއްޓުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ބައެއް މީހުން އެކަމަށް ޓަކައި، ތިމާގެ އިސްތަށިގަނޑާ ނުގުޅޭ ޝޭމްޕޫ ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ ވަރަށް ބޮޑު ސަބަބެކެވެ.

އެހެންކަމުން އިސްތަށިގަނޑާ ގުޅޭ ބްރޭންޑެއްގެ ޝޭމްޕޫއެއް ބޭނުން ކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން ބޯ ދޮންނަ އިރު މާ ބައިވަރު ޝޭމްޕޫ ނުލުމަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ.

▪︎ ރަނގަޅަށް ބޯ މަސާޖު ކުރުން

ރަނގަޅު ތެލެއް (ކާށި ތެޔޮ ނުވަތަ ޒައިތޫނި އަދި އާގަން ތެޔޮ) ބޭނުން ކޮށްގެން ބޯ މަސާޖު ކުރުމަކީ ވަރުގަދަ، ރީތި އިސްތަށިގަނޑެއް ލިބުމަށް ވަރަށް އެހީވެދޭ ކަމެކެވެ.

ބޯ މަސާޖު ކުރުމުން ލޭ ދައުރުވެ، އިސްތަށިގަނޑު ވަރުގަދަ ވާނެކަމަށް ސައިންސްވެރިން ވެސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!