Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

2023ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމްކަން ސާބިތުވެގެން: ޣައްސާން

2023ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމްކަން ސާބިތުވެގެން: ޣައްސާން

އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން، މައުސޫމްކަން ސާބިތުވެގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަލުން ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ޣައްސާން ވިދާޅުވެފައި މިވަނީ، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޣައްސާންގެ ބައްޕާފުޅު، މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

މިނިވަން ދުވަހަށް ޚާއްސަކޮށް ގެނެސްދިން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނީ ސުޕްރީމް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމުން ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް މައުމޫން ވިދާޅުވީ މީހަކު ކުށެއް ކޮށްފިއްޔާ އެ މީހަކަށް އަދަބު ލިބުމަކީ ގާނޫނީ ގޮތުން ވަރަށް ރަނގަޅު ކަމެއް ކަމަށާއި މިހާރު ޔާމީން އެ ހުންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި ކަމަށްވުމުން ރިޔާސީ އިންތިހާބަށް ވާދަކުރެއްވިގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާ އެކު 2023ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް