Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުމެއް ނުވޭ: ހައިލަމް

ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުމެއް ނުވޭ: ހައިލަމް

ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުމެއް ނުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ޚިތާބާ ގުޅިގެންނެވެ. ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސްލަސްކަން އަދި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގެ ވިސްނުން ފަތުރައި އާއްމުކުރަން ފާޅުގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހައިލަމް ވިދާޅުވީ ވަކި ސިޔާސީ ނުވަތަ ދީނީ ފިކުރެއް ކުރިއަރުވުމުގެ ގޮތުން ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދޭން ހިތްވަރުދިނުމަކީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މިހާރުވެސް ކުށެއް ކަމަށާއި ލޭ ހުއްދަކުރުން ކުށަކަށް ހަދަން އިތުރު ޤާނޫނެއް ބޭނުމެއް ނުވާކަމަށެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/ahmedhailam/status/1419621373224243200?s=21

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި، މުޖްތަމަޢު ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދު ފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށާއި އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް