Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޙައްޤުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން: ޖަމީލް

ޙައްޤުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން: ޖަމީލް

ޙައްޤުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމް އެގޮތަށް އޮއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމައެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިޔަސް މިނިވަން ވުން ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ވާހަކަތަކަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ ޙައްޤު ބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ނޫންކަން، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފުވާ ކަމަށާއި މިވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތްކަމަށެވެ.

https://twitter.com/mjameelahmed/status/1419588945143238660?s=21

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކަށް އަދަބު ލިބުމަކީ ގާނޫނީ ގޮތުން އެންމެ ރަނގަޅު ކަމެއް ކަމަށެވެ. އަދި ޝަރީއަތާ ބެހެން ބޭނުން ނުވާ ކަމަށާއި މިހާރު ޔާމިން އެ އޮންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި ކަމަށެވެ. އަދި އެެހެން ހުންނަވަނިކޮށް ނިކުމެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުން ކަހަލަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް