ޚަބަރު

ކޮންޓެއިނަރުތަކެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒިފަކަށް އަނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުދާ ކޮންޓެއިނަރތަކެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒިފަކަށް މިރޭ އަނިޔާވެއްޖެއެވެ.

Ads by MWSC

އެމްޕީއެލްގެ މީޑިއާއިން "ދެން"އަށް ވިދާޅުވީ މިކަން ހިނގައިފައިވަނީ އިރުއޮއްސި 6:20 ހާއިރު ކަމަށެވެ.

އެ މީހާ ވެއްޓުނީ ހަރުގަނޑެއް ބޭނުން ކޮށްގެން އެއް ކޮންޓެއިނަރ ބަރިއެއްގެ މަތިން އަނެއް ކޮންޓެއިނަރ ބަރިއަކަށް އަރަން އުޅުމުގެ ތެރޭގައި 9 ފޫޓް މަތިން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއްވައެވެ.އަދި އޭނާ ހުރީ ހެލްމެޓާއި ރައްކާތެރި ވުމުގެ ގޮތުން ސަރަޙައްދު ތެރޭގައި އަޅަން ޖެހޭ އެއްޗެހި ވެސް އަޅައިގެން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

"ވެއްޓި ، ވާތް ވިދުނު ގޮތަކުން ކުޑަ ހުޅާ އުޅަނބޮއްޓާ ދޭތެރޭ ކަށިގަނޑު އޮތީ ބިންދައިގެން ގޮސްފައި. ބޭރަށް ފެންނާކަށް ނެތް، އެކްސްރޭ ނެގީމަ އެނގުނީ. އޭނަގެ ހާލު މިހާރު ސްޓޭބަލް." އެމްޕީއެލް މީޑިއާއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަނިޔާ ލިބުނު މީހާގެ ބިންދައިގެން ދިޔަ ތަނުގެ އޮޕަރޭޝަން ، އައިޖީއެމްއެޗްއާއި އޭޑީކޭގައި ކުރެވެން ނެތިގެން 11:48 ހާއިރު އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!