މަހެއްފަހުން މީދޫ މޮނިޓަރިން އިން ނަގައިފި

ރ. މީދޫ ހަޒާރު ބޯޓުގެ 4 ފަޅުވެރިއަކު ކޮވިޑަށް ފައްސިވުމުގެ ސަބަބުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު މޮނިޓަރިންއަށްލީ މީދޫ މޮނިޓަރިން އިން ވީއްލައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ އެރަށުން މުޅި ޖުމްލަ 97 މީހަކު ބައްޔަށް ފައްސިވީ ކަމަށާއި މިވަގުތު ބަލިޖެހިފައި ތިބީ 4 މީހުންނަށް ކަމަށެވެ.
"ދެފަހަރު މަތިން ޖުމްލަ 97 މީހަކަށް މި ވަނީ ބަލި ޖެހިފައި. މިވަގުތު ބަލި ޖެހިފައި ތިބީ 4 މީހުންނަށް. މަސްދުވަސް މިވީ މޮނިޓަރިންގައި އޮންނަތާ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި މީދޫއަކީ ކިޔަމަންތެރި ރައްޔިތުން އުޅޭ ރަށެއް ކަމަށެވެ. އަދި އެ މީހުންނަކީ ރަށަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ވެސް އެރަށު ރައްޔިތުންނަކީ އެއްބައިވަންތަކަމާ އެކު މިސާލު ދައްކަވާ ބައެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެރަށުން ކޮވިޑް-19 ފެންނަ ކޮންމެ ފަހަރަކު ވެސް މާގިނަ ދުވަސްތަކެއް ނުވެ ބަލިކޮންޓްރޯލް ކުރެވެނީ ކައުންސިލާއި ސިއްހީ އެހީތެރިންގެ ބަސް ރައްޔިތުން ކިިޔަމަންތެރިކަމާ އެކު އަހާތީ ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.