Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަރަންޓް ބިލާ ގުޅޭ ގޮތުން މޭޔަރު ކަންބޮޑުވުން ފާޅު ކުރައްވައިފި

ކަރަންޓް ބިލާ ގުޅޭ ގޮތުން މޭޔަރު ކަންބޮޑުވުން ފާޅު ކުރައްވައިފި

މި މަހުގެ ކަރަންޓު ބިލު އެހެން މަސްތަކާ އަޅައި ބަލާއިރު ބޮޑުވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި، މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށް ވުރެ ބޮޑު ބިލެއްކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މިކަމުގެ ސަބަބުން ޙާލުގައި އުޅެމުންދާ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ދިމާވާނެ ކަމަށާއި އެ މީހުން އިތުރަށް ހާލުގައި ޖެހޭ ގޮތް ވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން “ރައްޔިތުން އަތުގައި ނެތް ފައިސާއަކުން” ބިލް ދައްކަން ޖެހިފައިވާކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

https://twitter.com/mmuizzu/status/1420645534935650307?s=21

Advertisement
HDC — Sidebar (box)

މޭޔަރު މިފަދައިން ވިދާޅުވެފައިވާއިރު މީސްމީޑިއާގައި މިހާރު އެންމެ ގިނައިން ދައުރުވެފައިވާ އެއް ކަންބޮޑުވުމަކީ، މިދިޔަ މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑު ވާހަކައެވެ. މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފާޅު ކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާލާއިިރު މިދިޔަ މަހުގެ ކަރަންޓު ބިލް އައި އިރު އެހެން މަސްތަކަށް ވުރެ ބޮޑުކަން ފާހަގަ ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް