Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބެލެނިވެރިޔާގެ ހުއްދައާ އެކު ކުޑަކުދިންނަށް އިމާމަކަށް ވެވޭނެ: އިސްލާމިކް މިނިސްޓަރ

ބެލެނިވެރިޔާގެ ހުއްދައާ އެކު ކުޑަކުދިންނަށް އިމާމަކަށް ވެވޭނެ: އިސްލާމިކް މިނިސްޓަރ
ބެލެނިވެރިޔާގެ ހުއްދައާ އެކު ކުޑަކުދިންނަށް އިމާމަކަށް ވެވޭނެކަމަށް އިސްލާމިކް މިނިސްޓަރ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ޚާއްސަ ހުއްދައެއްގެ ދަށުން ކުޑަކުދިންނަށް ވެސް މިސްކިތުގައި އިމާމުވެ ނަމާދު ކުރެވޭނެ ކަމަށެވެ. ކުޑަކުދިން ލައްވާ އިމާމުކަން ކުރުވާއިރު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވީ ބައެއް ފަހަރު ބައެއް އިމާމުން ކުޑަކުދިން ލައްވާ ބަންގި ގޮވަން ވެސް ހަވާލުކުރާ ކަމަށِާއި އިމާމު މީހާ ކައިރީގައި ހުރެގެން ބަންގި ގޮވުމުގައި މައްސަލައެއް ނެތް ކަމަށެވެ.

މިސްކިތުގައި ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ކުޑަކުދިން ޓްރެއިން ކުރުމުގެ ނިޔަތުގައި އެކުދިން ލައްވައި އިމާމްވެ ނަމާދުކުރުވާ ގިނަ މައްސަލަތަކެއް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް މިނިސްޓަރ ވަނީ މީގެ ކުރީން ފާހަގަ ކުރައްވައިފައެވެ. އެކަމަށް ރިޢާޔަތްކޮށް މިނިސްޓަރ ކުރީން ވިދާޅުވީ ކުޑަކުދިން ލައްވައި ބަންގި ގޮވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ބެލެނިވެރިޔާގެ ހުއްދައާ އެކީ ކުދީންނަށް އިމާމުވެ ނަމާދު ކުރެވޭ ގޮތް ހަމަޖައްސައިފައި އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް