Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދުވާފަރުގެ 4 ވަނަ މަރު، އިޙްމާލުގެ އަޑުތަކާ އެކު ރައްޔިތުން އިޙްތިޖާޖަށް

ދުވާފަރުގެ 4 ވަނަ މަރު، އިޙްމާލުގެ އަޑުތަކާ އެކު ރައްޔިތުން އިޙްތިޖާޖަށް

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުން މަރުވާ ކަަމަށް ބުނެ، ރ.ދުވާފަރު ހޮސްޕިޓަލް ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ދުވާފަރު ހޮސްޕިޓަލުން ފަރުވާ ދިން ޖުމްލަ 04 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. މިއަދު ރައްޔިތުން މުޒާހަރާއަށް ނިކުމެފައި ވަނީ އެ ރަށުން ހައި ރިސްކް އަންހެނަކު ބަލި ޖެހިގެން ނިޔާވުމާ ގުޅިގެންނެވެ. އެމީހާ މަރުވެފައި ވަނީ މީގެ ކުޑައިރު ކޮޅެއް ކުރިންނެވެ. ނިޔާވެފައި ވަނީ މެދު އުމުރުގެ އަންހެނެކެވެ.

މުޒާރަހާގެ ބައިވެރިން ބުނަމުންދަނީ އެ މީހާ ނިޔާވީ އެކަށީގެންވާ ފަރުވާ ނުދެވިގެން ކަމަށާއި މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، ނިޔާވުމުގެ ކުރިން އެ އަންހެން މީހާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ސިއްޙީ އެއްވެސް ޚިދުމަތްތެރިއަކު އޭނާއަށް ފަރުވާ ދޭން ގޮސްފައި ނުވާ ކަމަށާއި ގެންދިޔަތާ އެއް ގަޑިއިރު ފަހުން ޑޮކްޓަރަކާއި ނަރުހެއް އެތަނަށް ގޮސް، އެ އަންހެން މީހާ ނިޔާވެފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ދުވާފަރުގައި މުޒާހަރާ ކުރަން ފަށައިފައި ވަނީ އެ މީހާއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އިހުމާލުވުމުގެ ސަބަބުން، ނިޔާވި މީހާގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް