Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ބަލިމީހަކު ނެތި ހުހަށް

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ބަލިމީހަކު ނެތި ހުހަށް

ހުޅުމާލޭގައި ހުންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ޤާއިމް ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން "ދެން"އިން އެޗްއީއޯސީގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ، މިރޭ 8 ޖެހިއިރު އެންމެ ފަހުން ފަރުވާ ދެމުން ދިޔަ ޕޭޝިއަންޓްގެ ހާލު ރަނގަޅުވުމުން ދޫކޮށްލައިފައިވާ ކަމަށެވެ. މިހާރު މާލޭގައި ކޮވިޑް-19 ފަރުވާ ދެމުންދަނީ ދެ މީހުންނަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ދެ މީހުންނެވެ.

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ ޤާއިމްކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. ކޮވިޑް-19 ހަތަރު ވަނަ ރާޅާ އެކު އެތަނުގައި ފަރުވާ ހޯދަމުން ދިޔަ ގިނަ ބަޔަކު ނިޔާވެފައި ވެސް ވެއެވެ.

Advertisement
HDC — Sidebar (box)

މުޅި ރާއްޖޭގެ ކޮވިޑް ނަމްބަރުތަކަށް ބަލާއިރު، މިއަދު އިރުއޮއްސި 6އާ ހަމައަށް 12 މީހަކަށް އަތޮޅު ތެރޭގައި ފަރުވާ ދެމުން އެބަދެއެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް 108 މީހުން ފައްސިވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް