މިނިސްޓަރު އިމްރާން ކޮވިޑް-19އަށް ފައްސިވެއްޖެ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ކޮވިޑް-19އަށް ފައްސިވިއިރު ހުންނެވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފައެވެ. އިމްރާން ކޮވިޑަށް ފައްސިވި ނަމަވެސް ހާލުކޮޅު ރަނގަޅެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް، ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު، ނައިބު ރައިސް ފައިސަލް ނަސީމާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،202 މީހުންނެވެ. ބަލިން ފަސޭހަވެފައި ވަނީ 74،429 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ނިޔާވެފައި ވެއެވެ.





.webp)
ކޮމެންޓް