Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ބަލި މީހަކު ނެތުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ބަލި މީހަކު ނެތުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުންދާ ބަލި މީހަކު ނެތުމަކީ ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަޙްމަދު އަބްދުﷲ ވިދާޅުވީ، މިއަދު ރާއްޖޭގެ ކޮވިޑް-19 ހާލަތު ރަނގަޅުވެފައި ވަނީ ސަރުކާރު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ޤާއިމް ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ރޭ ވަނީ ހާމަކޮށްފައެވެ. ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ ޤާއިމްކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ.

Advertisement
Allied Insurance — Square (box)

މުޅި ރާއްޖޭގެ ކޮވިޑް ނަމްބަރުތަކަށް ބަލާއިރު، އިއްޔެ އިރުއޮއްސި 6އާ ހަމައަށް 12 މީހަކަށް އަތޮޅު ތެރޭގައި ފަރުވާ ދެމުން އެބަދެއެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް 108 މީހުން ފައްސިވެފައި ވެއެވެ. މާލޭގައި ފަރުވާ ދެމުން ދަނީ ދެ މީހަކަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް ދެ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް