Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ މިވަގުތު ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން: މަލީޙް

ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ މިވަގުތު ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން: މަލީޙް

ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ މިވަގުތު ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން ކަމަށް ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވެފައި ވަނީ ރޭ އެ ޕާޓީއާ ގުޅުނު ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް މާލޭ ސިޓީ ކައުންސިލް މެންބަރު ނަރީޝް ކުރެއްވި ޓްވީޓެއް ރީ-ޓްވީޓް ކުރައްވަމުންނެވެ.

މަލީޙް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް އަލުން އެކުލަވާލެވި ރައީސް ޔާމީންގެ 2 ވަނަ ދައުރު ވެގެން ދާނީ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދޭނެ އުއްމީދީ ވެރިކަމެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/maleehjamal/status/1421075615923412994?s=20

ޕީޕީއެމްއަށް ރޭ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) ހިމެނިވަޑައިގަންނަވައެވެ.

ޕީޕިއެމްއިން ދަނީ މެންބަރުން އިތުރު ކުރުމަށް ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ. މިރޭ ވެސް އެ ޕާޓީގެ ޚާއްސަ ހަރަކާތެއް އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް