Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ ތެލާއެކު އެފްއެސްއެމްގެ ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ތެލާއެކު އެފްއެސްއެމްގެ ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ތެލާއެކު އެފްއެސްއެމްގެ ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ފަސް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ނޫމަރާގެ ހުޅަނގު ފަރާތު ނެރު މައްޗަށް އުރިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 06:59 ގައެވެ. އެމްއެންޑީއެފުން ވިދާޅުވީ ބާޖު ފުންކުރުމަށް އެހެން ބޯޓެއްގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ. އަދި އެ ބާޖު ފަރަށް އެރީ ށ.ފޯކައިދޫ އިން ހދ.ނޭކުރެންދޫއަށް ދަތުރުކުރަކުން ދަނިކޮށް ކަމަށާއި އެ ބާޖުގައި 100000 ލީޓަރުގެ ޑީސަލް އަދި 15000 ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް