އާންމު ހާލަތަކަށް ދާން ބޭނުން ނަމަ ވެކްސިން ޖައްސަވާ: ރައީސް ސޯލިހު

އާންމު ހާލަތަކަށް ދާން ބޭނުން ނަމަ ވެކްސިން ޖައްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19އިން ދިފާއުވެ އާންމު ހާލަތަކަށް ދެވެން އޮތް ހަމައެކަނި މަގަކީ ވެކްސިން ފުރިހަމަކުރުން ކަމަށެވެ. އަދި ވެކްސިން ނުޖަހާ ތިބި ހުރިހާ ރައްޔިތުން ވެކްސިން ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. https://twitter.com/ibusolih/status/1421327809838948355?s=21 ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނާއިބުރައީސް ފައިސަލް ނަސީމް ވެސް ވަނީ ވެކްސިން ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. ފައިސަލް ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ ނަސީބެއް ކަމަށާއި މި ފުރުޞަތުގެ ބޭނުން ހިއްޕަވައި ޢާއްމު ޙާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރެއްވުމަށެވެ. https://twitter.com/faisalnasym/status/1421167880863842306?s=21 ކޮވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މިއަދު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް ވެސް ވަނީ ހުޅުވައިލައިފައެވެ. އެޕޮއިންމަންޓް ހެދުމަށް book.hpa.gov.mvއަށް ދިޔުމަށް ފަހު މީހާއާ ބެހޭ މައުލޫމާތު ފުރިހަމަކޮށް ވެކްސިން ޖަހަން ބޭނުންވާ ދުވަހާއި ގަޑި އިހްތިޔާރު ކުރެވޭނެއެވެ. އަދި އެޕޮއިންމެންޓް ހަމަޖެހުމުން އެސް.އެމް.އެސްއެއް ލިބޭނެ ކަމަށާއި ވެކްސިން ވެކްސިން ސެންޓަރަށް އެ މެސެޖު ދައްކަން ޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.



.webp)

ކޮމެންޓް