Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑރ.އިޔާޒްގެ ހުރި މަޤާމަށް އިތުރު މުވައްޒިފަކު އައްޔަން ނުކުރުމަށް އެމްއެންޔޫގެ މައްޗަށް އަމުރުކޮށްފި

ޑރ.އިޔާޒްގެ ހުރި މަޤާމަށް އިތުރު މުވައްޒިފަކު އައްޔަން ނުކުރުމަށް އެމްއެންޔޫގެ މައްޗަށް އަމުރުކޮށްފި
އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް އަދާ ކުރައްވަމުން ދިޔަ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަން ނުކުރުމަށް ޓްރިބިއުނަލްއިން އަމުރުކޮށްފިއެވެ. "ދެން"އަށް މަޢުލޫމާތު ދެއްވަމުން އިޔާޒް ވިދާޅުވީ، ޓްރިބިއުނަލްއިން ނިންމައިފައި ވަނީ މައްސަލަ ނިމެންދެން އޭނާ ހުރި މަޤާމަށް އިތުރު ބޭފުޅަކު އައްޔަން ނުކުރުމަށް ކަމަށެވެ.

ޑރ. އިޔާޒް އަދާ ކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ މީސްމީޑިޔާގައި ޑރ. އިޔާޒް ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި މީޑިއާގައި ކުރާ ޕޯސްޓްތަކާ ގުޅިގެން ޑރ. އިޔާޒް ވަނީ މީގެ ކުރިން ވެސް އެމްއެންޔޫއިން ސަސްޕެންޑްކޮށްފައެވެ. އެފަހަރު އޭނާ ސަސްޕެންޑް ކުރީ 14 ދުވަހަށެވެ. އިޔާޒް އެމްއެންޔޫއިންގައި އަދާ ކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ޚިތާނުކުރުމާ ގުޅޭ ގޮތުން ޕޯސްޓެއް ހިއްސާ ކުރެއްވުމުން ބައެއް ފަރާތްތަކުން ފާޑު ކިޔުންތައް އަމާޒު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެކަމުގައި ޑރ.އިޔާޒް އޭރު ވިދާދުވީ، އެއީ ބަޔަކު ހަދާފައިވާ އިލްމީ ދިރާސާއެއް ކަމަށާއި، އިލްމީ ދިރާސާއަށް އިލްމީ ނަޒަރަކުން ރައްދު ދިނުމަށް ގޮވައިލާ ކަމަށެވެ. ޑރ.އިޔާޒްގެ ދިފާޢުގައި އޭރު ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކަވައިފައެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ދީނީ ބައެއް އިލްމުވެރީން ފާހަގަކޮށްލެވެއެވެ. އަދާލަތު ޕާޓީން ވެސް ވަނީ އިޔާޒްގެ ދިފާޢުގައި ނޫސްބަޔާނެއް ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް