Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުއްޓުމެއް ނެތި ކިޔެވުން ކުރިޔަށް ގެންދަން ކަމަށް ބުނެ ވެކްސިން ނުޖަހާ މީހުން ، ސްކޫލުތަކަށް ނުވަދެވޭ ގޮތް ހަދައިފި

ހުއްޓުމެއް ނެތި ކިޔެވުން ކުރިޔަށް ގެންދަން ކަމަށް ބުނެ ވެކްސިން ނުޖަހާ މީހުން ، ސްކޫލުތަކަށް ނުވަދެވޭ ގޮތް ހަދައިފި
ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސުކޫލުތަކަށް ވަދެވޭނީ ވެކްސިނުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވީ، މިގޮތަށް ނިންމައިފައި ވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެެއް ނެތި ކުރިޔަށް ގެންދިއުމަށާއި ކޮވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުން އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން ފަހު ކުރި ޓްވީޓެއްގައި ވިދާޅުވީ،ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ހިންގާ ކޮވިޑް19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަންޏެވެ. އަދި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާނެ ކަމަށް ހާމަކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ މިދަނޑިވަޅުގައި ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު ސުކޫލުތަކުގައި ކިޔަވައިދޭނީ ކިހާ ވަގުތެއްކަން ނިންމުމަށް މަޝްވަރާ ކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި ސުކޫލުތަކުގައި ކިޔަވައިދެމުންދާއިރު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ މީގެ ކުރިން ވެސް އަޅައިފައެވެ. މިގޮތުން ސުކޫލަށް ކުދިން ވަނުމުގެ ކުދިން އަތް ދޮވުމާއި، ހުން ބެލުން ފަދަކަންކަމުގެ އިތުރުން ސުކޫލު ތެރޭގައި ގައި ދުރުކަށް ބެހެއްޓުމާއި މާސްކް އެޅުން ފަދަކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންގޮސްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް